ޚަބަރު

ބ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑްކުރައްވައިފި


ބ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަހުމަދު ލަޠީފު ސަސްޕެންޑްކުރައްވައިފިއެވެ.ޖުޑީޝަލް ސާރވިސް ކޮމިޝަނުން މިގޮތަށް ނިންމެވީ ބ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަހުމަދު ލަޠީފުއާ ބެހޭގޮތުން ކޮމީޝަނަށް ހުށަހެޅި ތަޙަޤީޤުކުރަމުންދާ ޝަކުވާއަކާ ގުޅިގެންކަމަށް އެކޮމިޝަނުން ވިދާޅުވެެއެވެ. އަދި އަހުމަދު ލަޠީފު ސަސްޕެންޑް ކުރައްވާފައިވަނީ މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާ ގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެންކަމަށްވެސް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ވިދާޅުވެއެވެ. ބ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަހުމަދު ލަޠީފު މިއަދު ސަސްޕެންޑްކޮށްފައިވާއިރު، ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުވެސް އިއްޔެ ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކުރައްވާފައެވެ.