ޚަބަރު

އއ އަދި އދ އަތޮޅަށް ރައީސް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރި އަތޮޅު އުތުރުބުރިއާއި، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގެންފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އދ. މަހިބަދޫއަށް ވަޑައިގެން، އެ ރަށުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މާދަމާގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާ އއ. އުކުޅަހަށާއި އއ. ތޮއްޑޫއަށް ވަޑައިގެން އެދެރަށުގެ ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.