ޚަބަރު

ސްޓަރ ޕްލަސްގެ އާ ޝޯވ އަކީ "ޗަޝްނީ"


ހިންދީ ޑްރާމާ ސީރީޒްގެ ގެނެސްދޭ ޗެނަލް ސްޓަރ ޕްލަސް ބޮޑަށް މަޝްހޫރުވެފައި ވަނީ ފެމިލީ ޑްރާމާތައް ގެނެސްދިނުމަށެވެ.

އެގޮތުން އެ ޗެނަލް އިން ދައްކާ ޝޯވ "އަނޫޕަމާ"، "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"، "ތެރީ މެރީ ދޫރިއާން"، "އިމްލީ"، "ޔޭ ހެ ޗަހަތޭ"، "ރާޖޫ އަދި "ފާލްތޫ" ޝޯވތަކަކީ ފެމެލީ ޝޯތަކެވެ.

މި ލިސްޓަށް މިހާރު އިތުރުވާ އައު ޝޯވ އަކީ "ޗަޝްނީ" އެވެ. އަމަންދީޕް ސިދޫ އާއި ސްރިޝްތީ ސިންގް ލީޑް ރޯލުން ފެނިގެންދާނެ މި ޝޯވ ޕްރޮޑިއުސް ކުރަނީ ސަންޑިޕް ސިކަންދުގެ ސޯލް ޕްރޮޑަކްޝަން އިންނެވެ.

ޗާޝްނީ އަކީ ފޮނި ކާއެއްޗަކަށް ކިޔާ ނަމަކަށް ވީ ނަމަވެސް މި ނަން ކިޔާ މި ޝޯވގައި ގެނެސްދޭ ވާހަކައަކީ މާ ފޮނި ވާހަކައެއްނޫނެވެ. މީގައި ކިޔައިދެނީ ދެބެއިން ކަމަށްވާ ޗާންދްނީ އާއި ރޯޝަނީގެ ވާހަކައެވެ. ދެ އަންހެން ކޮއްކޮގެ ގުޅުމަށް ބޮޑު ބަދަލެއް ގެންނަނީ އެކަކު ދަނބި ދަރިއަކަށް އަނެކަކު މައިދައިތައަށް ބަދަލުވާ ހިސާބުންނެވެ.

މި ޝޯވއާއި ބެހޭ އިތުރު ތަފްޞީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.