ޚަބަރު

ފެމެލީ ކޯޓުގެ އިސްގާޒީ ސަސްޕެންޑު ކުރައްވައިފި


ފެމެލީ ކޯޓްގެ އިސްގާޒީ ޙަސަން ސަޢީދު މިއަދު ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް ސަސްޕެންޑްކުރައްވައިފިއެވެ.ޖުޑީޝަލް ސާރވިސް ކޮމިޝަން ޖޭއެސްސީން ވިދާޅުވީ ފެމެލީ ކޯޓްގެ އިސްގާޒީ ޙަސަން ސަޢީދު  ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅުއްވަންދެން ވަޒީފާއަށް ނުކުމެވަޑައިނުގެން މަޑުކުރައްވަން އެންގެވުމަށް އެކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނިންމަވާފައިވާކަމަށެވެ. އަދި މިގޮތަށް ނިންމަވާފައިވަނީ ޙަސަން ސަޢީދާ ގުޅޭގޮތުން އެ ކޮމިޝަށް ހުށައެޅި ތަޙްޤީޤުކުރައްވަމުން ގެންދަވާ ޝަކުވާއަކާ ގުޅިގެން އެމައްސަލަ ތަޙްޤީޤްކުރައްވާ ކޮމެޓީން މައްސަލަ ތަޙްޤީޤު ފުރިހަމަކުރައްވައި، އެކަމުގެ ރިޕޯޓް ކޮމިޝަނަށް ހުށަހެޅުއްވުމުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅުއްވަންދެންކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.  ފެމެލީ ކޯޓްގެ އިސްގާޒީ ޙަސަން ސަޢީދުގެ މައްސަލަ ޖޭއެސްސީން ބައްލަވަން ފެއްޓެވީ ހައިކޯޓްގައި ތިއްބެވި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް ފަނޑިޔާރުންކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ، ހުށައެޅުނު ސުލޫކީ މައްސަލައަކާ ގުޅިގެނެވެ. ފެމެލީކޯޓްގެ އިސްގާޒީ ޙަސަން ސަޢީދު މިއަދު ފެށިގެން ސަސްޕެންޑް ކުރައްވާފައިވާއިރު ކްރިމިނަލް ކޯޓްގެ އިސްގާޒީއަކަށް ހުންނެވި ޢަބްދުﷲ މުޙައްމަދު މިދިޔަ ހަފްތާތެރޭގައި ފެމެލީ ކޯޓަށް ބަދަލުކުރައްވާފައިވެއެވެ. އަދި ޖޭއެސްސީގެ ނިންމެވުމާ އެއްގޮތަށް ޢަބްދުﷲ މުޙައްމަދު ވަނީ ފެމެލީ ކޯޓްގައި މަސަކަތްކުރައްވަން ފަށްޓާވާފައެވެ.