ޚަބަރު

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ދަރްމާގެ އެންމެ ބޮޑު ރިލީޒް


ފިލްމެއް ޑައިރެކްޓު ނުކުރާތާ ގާތްގަނޑަކަށް 4 އަހަރު ފަހުން ބޮލީވުޑް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ޑައިރެކްޓްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ 28 ވަނަ ދުވަހަށެވެ.

މި ފިލްމަކީ ވަރަށް މޮޅު ފިލްމެއް ކަމަށާއި ދަރްމާ ޕްރޮޑަކްޝަންސް އިން ރާވާފައި ވަނީ ޖުލައި 28 ގައި ދަރުމާ ފިލްމަކަށް މިހާތަނަށް ނެރުނު އެންމެ ބޮޑު ރިލީޒް މި ފިލްމަށް ދިނުމަށެވެ.

ދަރްމާގެ އެންމެ ފަހުގެ ބްލޮކްބަސްޓަރ ފިލްމު "ބްރަޙްމާސްތްރާ" ގާތްގަނޑަކަށް 8،000 ސްކްރީނުން ރިލީޒް ކުރިއިރު، "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" 9،000 ހާހަށްވުރެ ގިނަ ސްކްރީނުގައި އަޅުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޝޫޓިން ފެށި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަން އަދި ޝަބާޒް އާޒްމީ ވެސް ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ޚާއްސަ ރޯލަކުން ޕްރިތީ ޒިންތާ ވެސް ފެންނާނެއެވެ.