ދުނިޔެ

ސޫރިޔާގެ މައްސަލައިގަ ތުރުކީއާއި ރަޝިޔާއިން ހަމަލާ ބަދަލުކޮށްފާނެ


ސޫރިޔާގެ މައްސަލައިގައި ތުރުކީއާއި ރަޝިޔާއިން ޙަމަލާ ބަދަލުކުރުން އެކަށީގެންވާކަމަށް ފަރަންސޭސިވިލާތުގެ ރައީސް ފްޣޮންސުވާ އޮލޯންދް ވިދާޅުވެއްޖެއެވެ.އޮލޯންދް މިހެން ވިދާޅުވީ ތުރުކީން ސޫރިޔާއަށް ސިފައިން ފޮނުވުމާމެދު ވިސްނަމުންދާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން ރަޝިޔާއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާނޭކަން އިޢުލާންކޮށްފައެވެ.ފްރާންސް އިންޓަރ ރޭޑިޔޯ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި އޮލޯންދް ވިދާޅުވީ ސޫރިޔާގެ މައްސަލައިގައި ތުރުކީއާއި ރަޝިޔާ ޙަމަލާތައް ބަދަލުކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، މިޙަމަލާތަކަކީ ސީދާ އެއްޤައުމު އަނެއް ޤައުމަށް ދޭ ޙަމަލާތަކަކަށްވުން އެކަށީގެން ނުވާކަމަށްވެސް އޮލޯންދް ވިދާޅުވިއެވެ. އަދި، ދެ ޤައުމަކީވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމާއިގެ ޢަމަލީ ދެޤައުމުކަމަށާއި ދެޤައުމުގެ މެދުގައި ހަމަނުޖެހުން އުފެދުމަށް ފުރުޞަތު ލިބިއްޖެނަމަ، ސޫރިޔާގައި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.