ޚަބަރު

ތިނަދޫ އިންޖީނުުގެ ރޯވި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި


ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި
އަލިފާނުގެ ހާދިސާއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.



މި މައްސަލައާ ގުޅިގެން މިއަދު
މެންދުރުފަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫއިން
ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހަކާއި 28 އަހަރުގެ ދެ ދިވެހިންކަމަށް ފުލުހުން
މަޢުލޫމާތުދެއްވައެވެ. މިމައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން
ނުދެއްވައެވެ.



ތިނަދޫގައި 2016 ޖެނުއަރީ 26 ވަނަ
ދުވަހުގެ ދަންވަރު 02:15 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި  އިންޖީނުގޭގައި ހުރި ހުރިހާ
އިންޖީނެއް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެ، އެތައް މިލިއަން ރުފިޔާއެއްގެ
ގެއްލުން ވަނީ ލިބިފައެވެ.