ޚަބަރު

މަތިވެރިން ޢުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ


އއ. މަތިވެރިން މީހަކު ގެއްލުގެން ހޯދަން ފަށާފިއެވެ. ގެއްލިގެން ހޯދަމުންދަނީ އއ. މަތިވެރި، ރިވެލި، ހަސަން އަލީ ( މަތިވެރީ ހަސަންފުޅު) ނަމަކަށް ކިޔާ 72 އަހަރުގެ މީހެކެވެ.

މަތިވެރީ ކައުންސިލުން ވިދާޅުވީ އޭނާ ގެއްލިފައި ވަނީ އިއްޔެގެ މަޣްރިބް ނާމާދަށް ފަހުކަމަށެއެވެ. އަދި އޭނާއަކީ ލޭ މައްޗަށް ދާ މީހެއްކަމަށާއި، އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކައިރި ރަށްތައްވެސް ބަލާފައިވާކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކައުންސިލުން އިތުރަށް ވިދާޅުވީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ މަޣްރިބް ނަމާދު ވަގުތު މިސްކިތުން ކަމަށެއެވެ. އަދި އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވާކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައިވާކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ގެއްލުނު މީހާ ހޯދުމަށް މަތިވެރީ ކައުންސިލުން ވަނީ ސޯޝަލް މީޑިއާގައި އިއުލާންކޮއްފައެވެ. އެ ގޮތުން އެގޮތުން މި މިހާގެ އެއްވެސް ޚަބަރެއް ވެއްޖެނަމަ، މަތިވެރީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް(9935353) މަތިވެރި ކައުންސިލްގެ އިދާރާ (6660058) އަށް ގުޅާ މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ އެދިފައެވެ.