ޚަބަރު

މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

ސަޓާ އެވޯޑް އިފްތިތާހްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ސަޓާ އެވޯޑް ދިނުމުގެ މަޤްޞަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މިއެވޯޑް ދިނުމުގެ ހަރަކާތް ކޮންމެ އަހަރަކުވެސް ކުރިއަށް ދާއިރު، ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެއެވެ.

މިއީ ސަޓާ އެވޯޑް ބާއްވާ 7 ވަނަ އަހަރެވެ. މިއެވޯޑް ދެނީ މިސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ. ސަޓާ އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި "ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން"، "ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން" ފަދަ ކެޓަގަރީތައް ހިމެނެއެވެ.

މިއަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެވޯޑަށް ނަން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް (www.southasiantravelawards.com) މެދުވެރިކޮށް ހުށައެޅޭނެއެވެ.