ޚަބަރު

ހުޅުދޫ ބަނދަރު ސަރަޙައްދުގައި ރޯވި އަލިފާން ނިއްވާލައިފި


އައްޑޫ ސިޓީ ހުޅުދޫގެ ބަނދަރު ސަރަޙައްދުގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިއަދު ހުޅުދޫގައި އަލިފާނުގެ 2 ހާދިސާއެއް ހިނގާފައިވާކަމަށެވެ. އެގޮތުން މިއަދު ހަވީރު 17:28 ހާއިރު ރޯވީ ތާރު އެޅުމަށް ބޭނުން ކުރާ ތަކެތި ގުދަން ކޮށްފައި ހުރި ސަރަހައްދެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މި އަލިފާންގަނޑު އިރުއޮއްސި 18:50 ހާއިރުވަނީ ނިއްވާލާފައެވެ.

ނަމަވެސް އައްޑޫ މީދޫ ބަނދަރު ސަރަހައްދު ވަލުތެރޭގައި ހުރި ކުންފުންޏެއްގައި މިރޭ 30؛20 ވަނީ ރޯވެފައެވެ. މިއަލިފާންވެސް 30؛21 ހާއިރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަޙައްދުގައި ހުރި ތާރުތަކަށް ފެން އަޅާ ފިނިކުރުމަށް ސިފައިން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.