ޚަބަރު

އިތުރު 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށަނީ


ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި 7 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން  އެމްއާރުޑީސީން ވިދާޅުވެއްޖެއެވެ.މީގެ ތެރެއިން ގިނަ ރަށްރަށުގެ މަގު ހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ.މަގު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ 7 ރަށަކީ ، ކުޅުދުއްފުށި، ހަނިމާދޫ، ހއ ދިއްދޫ ، ބ އޭދަފުށި ، ރ މީދޫ ،  އުނގޫފާރު ގެ އިތުރުން އދ މަހިބަދޫއެވެ. މީގެ ތެރެއިން އދ މަހިބަދޫ އާއި  ރ މީދޫގެ މަގު ފިޔަވައި ހުރިހާ ރަށެއްގެ މަގު ހެދުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެން ކަމަށް އެމްއާރުޑީސީން ގެ މެނޭޖިންގް ރިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ ، މަހިބަދޫ އާއި މީދޫގެ މަގުތައް ހެދުމަށް ހަމަޖެހިފައިވަނީ ގައު އަތުރައިގެން ރަނގަޅު ފެންވަރަށް ކަމަށެވެ.މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ  ހުރިހާ ރަށެއްގައި ވެސް އެވްރެޖްކޮށް 9 ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމްއާރުޑީސީން މައުލޫމާތުދެއްވައެވެ. އެގޮތުން ކޮންމެ ރަށެއްގެ މަގު ހަދާ ނިމިގެންދާއިރު ، އާއްމުކޮށް ބޭނުންކުރާ ގިނަ މަގުތަކެއް ހެދިގެންދާނެކަމަށް ނަޒީމް ވިދާޅުވިއެވެ.ރަށްރަށުގެ މަގުތައް މަރާމާތުކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން 16 ރަށެއްގައި މަގު ހެދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. މީގެ ތެރެއިން ގިނަ ރަށްރަށުގެ މަގުތައް ހަދަނީ ތާރު އަޅައިގެންނެވެ. މި ހުރިހާ ރަށެއްގެ މަގު ހެދުމުގެ މަސައްކަތަށް 761 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.