މުނިފޫހިފިލުވުން

ފިލްމް އެސޯސިއޭޝާނާއިއެކު ޕީއެސްއެމް އެމްއޯޔޫއެއްގައި ސޮއިކޮށްފި


މުނިފޫހިފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާއި، ޕަބްލިކް ސަރވިސް މީޑިއާއާ ދެމެދު ސޮއިކޮށްފިއެވެ. މިއީ، މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނަށް އެދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތުތައް ހުޅުވާލައިދިނުމަށާއި، އެ ދާއިރާއިން ދެފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.މުނިފޫހި ފިލުވުމުގެ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަނާއި، ޕަބްލިކް ސަރވިސް މީޑިއާއާ ދެމެދު ސޮއިކުރުން އޮތީ ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ހުޅުވާލައިދިނުމަށާއި، އެ ދާއިރާއިން ދެފަރާތުންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.މީގެ އިތުރުން ފިލްމީ ދާއިރާގައި ކުރިން ދެމުންގެން ދިޔަ އެވޯޑްވެސް އަލުން ދޭން މަސައްކަތް ކުރައްވާނެ ކަމަށް ޝާޔަން ވިދާޅުވިއެވެ. މި އެއްބަސްވުމުގައި ފިލްމް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއަރމަން މުޙައްމަދު ޢަބްދުﷲ. ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިވެވުނު އެއްބަސްވުމުގެ ދަށުން ފިލްމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިއަދު ވެވުނު އެއްބަސްވުމަކީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެކެވެ.