ޚަބަރު

އޮޑިޝަން ދިނަސް އަބަދުވެސް ވަނީ ރިޖެކްޓު: ބާބިލް


ކެންސަރުބަލީގައި މަރުވެފައިވާ ބޮލީވުޑް އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ހިންދީ ސިނަމާއަށް ތައާރަފްވާ ފިލްމަކީ ނެޓްފްލިކްސް އިން ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ގާލާ" އެވެ.

އާންމުކޮށް ބޮލީވުޑް ތަރިންގެ ދަރިންނަށް ބޮލީވުޑަށް ތަޢާރަފްވާން ވަރަށް ފަސޭހަވިނަމަވެސް ބާބިލް ބުނާގޮތުގައި ފިލްމު ހޯދަން އޭނާ އަށް ވަރަށް އުނދަގުލެވެ.

މިހާރުވެސް އޭނާ އޮޑިޝަން ދޭ ކަމަށާއި ނަމަވެސް ގިނަ ފަހަރު ރިޖެކްޓް ވަނީ ކަމަށް ބާބިލް ބުންޏެވެ. އަދި އޭނާގެ މަންމަ ވެސް ދުވަހަކުވެސް މީހަކަށް ގުޅައި އޭނާ އަށް ފިލްމު ހޯދަ ދޭން މަސައްކަތް ނުކުރާނެ ކަމަށްވެސް ބާބިލް ބުންޏެވެ.

އަންވިތާ ދައްތާ ޑައިރެކްޓް ކޮށްފައިވާ ނެޓްފްލިކްސް ފިލްމް "ގާލާ" ގެ ޓްރެއިލާއެއްވެސް މިދިޔަ އަހަރު ވަނީ ދައްކާލާފައެވެ. މިއީ އަނުޝްކާ ޝަރުމާއާއި އެނާގެ ބޭބެ ކާނޭޝް ޝަރުމާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މީގެ އިތުރުން ތްރިޕްތީ ދިމްރީ އާއި ސުވާސްތިކާ މުކަރްޖީ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.