ޚަބަރު

ޅ.އަތޮޅު އާރްޓީއެލް ފެރީ ޚިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފި


ޅ.އަތޮޅުގައި ފެށި އާރްޓީއެލް ފެރީގެ ޚިދުމަތަށް އަހުލުވެރިކުމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ. އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ އެއްވެސް ފީއަކާ ނުލައެވެ.

ޅ.އަތޮޅަކީ އާރްޓީއެލް ޚިދުމަތުގެ ދެވަނަ ފިޔަވަހީގައި ޚިދުމަތް ފެށި ފުރަތަމަ އަތޮޅެވެ. އެ އަތޮޅުގައި އަހުލުވެރިކުރުމުގެ ދަތުރު ފަށާފައިވަނީ މިނޮވެމްބަރު 22ވަނަ ދުވަހުއެވެ. ކުރިން ނިންމާފައި އޮތީ މިމަހުގެ 28ވަނަ ދުވަހުން ފަށައިގެން އަގު ނަގައިގެން ދަތުރުކުރަން ފެށުމަށެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިމުއްދަތު އިތުރުކޮށްފައިވާކަމަށެވެ. ނަމަވެސް އަގު ނަގައިގެން ދަތުރުތައް ފަށާ ތާރީޚު އަދި ކަނޑައަޅާފައި ނުވާކަމަށެވެ.

ޅ.އަތޮޅުގައި ފެރީގެ ޚިދުމަތަށް ބޭނުންވާ 2 ފެރީ ގެންގޮސްފައިވަނީ މިމަހުގެ 16ވަނަ ދުވަހުއެވެ. ޅ.އަތޮޅުގައި އާރް.ޓީ.އެލްގެ ޚިދުމަތް އަތޮޅުގެ މީހުން ދިރިއުޅޭ 6 ރަށަށް ވަނީ ފަށާފައެވެ. ދަތުރުތައް ބާއްވާނީ އަތޮޅުގެ 3 ރޫޓަކުންނެވެ. މީގެތެރެއިން އެއް ރޫޓަކީ މަޑިވަރު އެއަރޕޯޓަށް ދަތުރުތައް ބާއްވާ ރޫޓެކެވެ. އަޖުމަބެލުމުގެ ދަތުރުތައް ކުރަނީ، ކައުންސިލްގައި ދަތުރުތަކަށް ނަން ނޯޓްކޮށްގެނެނެވެ.

އާރްޓީއެލްގެ ޚިދުމަތްދޭ އެމްޓީސީސީން ބުނީ ޅ.އަތޮޅުގައި ފެރީގެ އަގުތައް ކަނޑައެޅިފައިވަނި 35 ރުފިޔާއާއި، 125 ރުފިޔާއާއި ދެމެދުގައިކަމަށެވެ. އަގު ނަގަން ފެށުމުން، އާރްޓީއެލް އެޕް މެދުވެރިކޮށް ޓިކެޓް ނެގޭނެއެވެ.

ފެރީގެ ދަތުރުތައް ހަފްތާގެ ކޮންމެ ދުވަހަކު ބާއްވައެވެ. އެމްޓީސީސީން ބުނީ ދަތުރުގެ ޝެޑިއުލްތަކަށް އެއްވެސް ބަދަލެއް ގެންނަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައަޅާނީ ތަޖުރިބާ ދަތުރުތަކަށް ފަހުގައިކަމަށެވެ.

ޅ.އަތޮޅުގައި މީހުން ދިރިއުޅޭ 5ރަށް އޮންނައިރު، އަތޮޅުގެ އާބާދީއުޅެނީ 13000އިން މަތީގައެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ޒޯން 1 އަށެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. މިޒޯންގައި ފެރީގެ ޚިދުމަތް ދިނުމަށް 17 ލޯންޗު ބޭނުންކުރެއެވެ.