ދުނިޔޭގެ ވިޔަފާރި

ހިޔުންޑެއި މޮޓޯ އާއި އެސްކޭއިން އެމެރިކާގައި ބެޓްރީ އުފައްދާ ކާރުޚާނެއް އަޅަނީ

ސައުތު ކޮރެއާގެ ހިޔުންޑެއި މޮޓޯކޯ އާއި އެސްކޭ އޮން ކުންފުނިން އެމެރިކާގައި އައު ޖޮއިންޓް ވެންޗާ ބެޓެރީ ފެކްޓްރީއެއް އަޅަން ނިންމައިފިއެވެ. މިއީ ގާތްގަނޑަކަށް 1.88 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓެއްކަމަށް ކޮރެއާ އިކޮނޮމިކް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އެނާރޖީ ގްރޫޕް އެސްކޭ އިނޮވޭޝަން ކޯ ލިމިޓެޑުގެ ބެޓެރީ ޔުނިޓް ކަމަށްވާ އެސްކޭ އޮން އާއި، ހިޔުންޑެއި މޮޓޯ އިން މި އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުމެއްގައި އަންނަ ހަފްތާ ސޮއިކުރާނެ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށުމަށް އަމާޒު ހިފާފައިވާ މި ޕްލާންޓުން ގާތްގަނޑަކަށް 300،000 އިލެކްޓްރިކް ވެހިކަލް، އީވީއަށް ކަރަންޓް ލިބޭ ވަރަށް އަހަރަކު ގާތްގަނޑަކަށް 20 ގިގަވޮޓްގެ ހަކަތަ އުފެއްދުމުގެ ގާބިލްކަން ހުންނާނެއެވެ.

މިކަމާއި ގުޅޭ ގޮތުން އަދި އެއްވެސް ކަމެއް ނިންމާފައި ނުވާކަމަށް އެސްކޭ އޮންގެ އޮފިޝަލަކު ރޮއިޓާސް ނޫހަށް ވިދާޅުވެފައިވެއެވެ. އަދި ހިޔުންޑެއި މޮޓޯއިންވެސް މިކަމާ ގުޅޭގޮތުން އަދި ވާހަކަ ދައްކާފައެއްނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އައު ފެކްޓްރީ އަޅާނެ ކަމަށް ބެލެވެނީ ޖޯޖިއާގައި ހުންނަ ހަންޑާ މޮޓޯ ގްރޫޕްގެ އީވީ އުފައްދާ އާ ކާރުހާނާ ކައިރީގައެވެ.