ވިޔަފާރި

މިލައިދޫގައި ތަރައްޤީކުރާ ރިސޯޓް ނޮވެމްބަރުމަހު ހުޅުވަނީ


ބ. އަތޮޅު
މިލައިދޫގައި ތަރައްޤީކުރާ ރިސޯޓް މިއަހަރުގެ ނޮވެމްބަރުމަހު ހުޅުވުމަށް
ހަމަޖެހިފައިވާ ކަމަށް ޔުނިވާރސަލް ރިސޯޓްސް އިން ހާމަކޮށްފިއެވެ.



ޔުނިވާރސަލް ރިސޯޓްސްގެ ފަރާތުން ތަރައްޤީކުރާ ފަސް
ތަރީގެ މި ރިސޯޓުގައި 29 ވޯޓަ ޕޫލް ވިލާ 2 ބީޗް ރެސިޑެންސް ވިލާ އަދި 18 ބީޗްވިލާގެ
އިތުރުން އިންފިނިޓީ ޕޫލްއަކާއި އެކު ދެ ބުރީގެ އޯޝަން ވިލާއެއް ހުންނާނެ ކަމަށް
އެ ރިސޯޓްގެ ވެބްސައިޓްގައިވެއެވެ.





ޔުނިވަރސަލް ރިސޯޓްސް އިން މިހާރުވެސް އަންނަނީ
ރާއްޖޭގައި 6 ރިސޯޓެއް ހިންގަމުންނެވެ. އެއީ ކުރުނބާ މޯލްޑިވްސް، ކުރަމަތި އައިލެންޑް ރިސޯޓު، ވިލައްސަރު މޯލްޑިވްސް، ބަރޮސް
މޯލްޑިވްސް، މާފުށިވަރު ރިސޯޓު އަދި ކަންދޮޅު އައިލެންޑް ރިސޯޓެވެ.