ކުޅިވަރު

ޓިއުނީޝިއާއިން ޑެންމާކް މޮޅުވިޔަނުދީ ހިފަހައްޓައިފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާއިން ޑެންމާކް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ފަހަރުގެ މުބރާތުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، މެޗުގެ 22 ވަނަ މިނެޓުގައި ޓިއުނީޝިއާގެ ޖެބާލީ ވަނީ ލަނޑު ޖަހާފައެވެ. އެކަމަކު ރެފުރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓިއުނީޝިއާގެ ލައިޑޫނީއަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖެބާލީއަށްވެސް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޓިއުނީޝިއާއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މުޅި މެޗުގައިވެސް ދެ ޓީމުންވެސް ވަނީ ލިބުނު ސެޓްޕީސްތަކުގައި ގޯލަށް ނުރައްކާކޮށްފައެވެ.

މިއީ މި ދެ ޓީމުން ފީފާ ވޯލްޑް ކަޕުގައި ބައްދަލުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ބައްދަލުކޮށްފައިވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. އެ މެޗު ޑެންމާކުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.