ދުނިޔެ

އައި.އެސްއިން ލީބިޔާގައި އަތްގަދަކުރިޔަކަ ނުދޭނަން- އޮބާމާ


ހައްދުފަހަނަ އަޅާފައިވާ އައި.އެސް ޖަމާއަތުން ލީބިޔާގައި ގަދަވެގަތުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދިނުމަށް ހުއްޓާނުލާ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. ލީބިޔާގައި ކުރިޔަށްދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އައި.އެސްއަށް ވަނީ އެޤައުމުގައި ގަދަވެގަތުމަށް މަގެއް ހުޅުވިފައެވެ. ކެލިފޯނިއާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން އޮބާމާ ވިދާޅުވީ، އަލްޤައިދާ ނައްތާލުމަށް އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކޭ އެއްފަދައިން، އައި.އެސްއިން ގަދަވެގަތުމަށް މަސައްކަތްކުރާ ކޮންމެ ތަނެއްގައި އެމީހުން ބަލިކަށިކޮށް ނައްތާލުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި މިގޮތުން ކުރާ މަސައްކަތުން މިހާތަނަށްވެސް ލީބިޔާގައި އުފެދިފައިވާ އައި.އެސްގެ އެތައް ލީޑަރުންނަކަށް އަމާޒުކޮށް އެތައް ހަމަލާއެއްދީ އެމީހުން ނައްތާލާފައިވާނެކަމަށް އޮބާމާ ވިދާޅުވިއެވެ.  މީގެ އިތުރުން ލީބިޔާގައި ސިޔާސީ ސުލްހަވެރި މާހައުލެއް ޤާއިމްކޮށް، އެއް ސަރުކާރެއް ދެމެހެއްޓުމަށް އދ އާއި އެކު މަސައްކަތްކުރަމުންދާ ކަން އޮބާމާ ފާހަގަކުރެއްވިއެވެ.