ޚަބަރު

ހާޠިފް ރިޓަޔަރވުމުން ހައިކޯޓު ހިންގުން ޝަހީދަށް


ހައި ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި ވަގުތީގޮތުން ހަވާލުކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އިން ދިވެހިރާއްޖޭގެ ހައިކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި ވަގުތީގޮތުން ހަވާލުކުރެއްވީ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީ ފަނޑިޔާރުކަމުން ވަކިވެ ވަޑައިގެންނެވުމާއި ގުޅިގެން މާދަމައިން ފެށިގެން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދާއި ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ހަވާލު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުގައި ހުރިހާ މައްސަލަތަކެއްވެސް މިހާތަނަށް ބަލަމުން އައީ އެންމެ މަދުވެގެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ނަމަވެސް މިހާރު ވަނީ އެންމެ ފަނޑިޔާރަކަށް ވެސް ހައިކޯޓުގެ މައްސަލަތައް ބެލެނޭ ގޮތައް ގާނޫނަށް ބަދަލު ގެނެސްފައެވެ.