ވިޔަފާރި

ޓްރޭޑް ފެސިލިޓޭޝަން ސެންޓަރު އިމާރަތްކުރަން ޖޫންމަހު ފެށޭނެ


ދިހަ ބުރިއަށް އިމަރާތްކުރާ "ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ" އިމާރަތްކުރުމުގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހުގެ ތެރޭގައި ފެށޭނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ކުދި ފަންތިއާ، މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޤާއިމްކުރާ "ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ" އިމާރަތްކުރުމަށް ހަމަޖެހިފައިވަނީ ގިނަ ފަންގިފިލާތައް ޚާާއްޞަ ކުރެވޭނީ ޓްރޭޑް ފެސިލޭޓަޝްއަށް ކަމުގައެވެ. އަދި ބިޒްނަސް ސެންޓަރގެ ޚިިދުމަތްވެސް އެ އިމާރާތުން ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގައި އަލަށް ޤާއިމްކުރާ ޓްރޭޑް ފެސިލިޓޭޝަން ސެންޓަރ ޢިިމާރާތްކުރުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.