ވިޔަފާރި

އުފެއްދުންތެރިކަމުގެ މަޢުރަޒު ނޮވެމްބަރުމަހު ބާއްވަނީ


އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިއަހަރުގެ ނޮވެމްބަރުމަހު ބޭއްވުމަށް
ހަމަޖައްސަވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި
އުފެއްދުންތެރި ކަމުގެ ގައުމީ މައުރަޒު ނުވަތަ "އެކްސްޕޯ މޯލްޑިވްސް" މިއަހަރު
ބާއްވާނެ ކަން އިޢުލާން ކުރައްވާ އެކްސްޕޯ ލޯންޗު ކޮށްދެއްވީ އިކޮނޮމިކް
މިނިސްޓަރު މުޙައްމަދު ސައީދެވެ.



މިރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެކްސްޕޯއަށް ފަނޑިޔާރުކަން ކޮށްދެއްވި
ފަރާތްތަކާއި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެެއްވިއެވެ.



މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުހައްމަދު ސައީދު ވިދާޅުވީ ދިވެހި
އުފެއްދުންތައް އިތުރުކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ
ކަމަށާއި އެގޮތުން ދިވެހި އުފެއްދުންތައް ގިންތިކޮށް އެއީ ރާއްޖޭގެ
އުފެއްދުމެއްކަން އަންގައިދޭ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަށްވަމުންގެންދަވާކަމަށެވެ.  އަދި އެފަދަ އުސޫލުތަކެއް ކަނޑައެޅުއްވުމުން ފްރީ ޓްރޭޑްގެ ބޭނުން އެއްމެ
އެދެވޭ ގޮތުގައި ހިފޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިދިޔަ
އަހަރު އެކްޕޯ މޯލްޑިވްސް ބާއްވާފައިވަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިދިޔަ އަހަރުގެ އެކްސްޕޯއަށް އާއްމުންގެ 14 ހާހަށް ވުރެ ގިނަ މީހުން
ޒިޔާރަތްކޮށްފައިވާ އިރު ގިނަ ފަރާތްތަކަކުން މި އެކްސްޕޯގައި ބައިވެރިވެފައިވެއެވެ.



އެކްސްޕޯ
މޯލްޑިވްސް މިއަހަރު ފަށާނީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ކަމަށް އިކޮނޮމިކް
މިނިސްޓްރީން މައުލޫމާތުދެއްވައެވެ.