 
										 
										
			ޅ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް އާރުޓީއެލް ފެރީ ޚިދުމަތާ ގުޅޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.  ޅ.އަތޮޅުގެ ހަތަރު ރަށްކަމަށްވާ ނައިފަރު، ހިންނަވަރު، އޮޅުވެލިފުށި، އަދި ކުރެންދޫގައި މިޚިދުމަތާ ގުޅޭ މަޢުލޫމާތުދިނީ މިޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުނި އެމްޓީސީސީގެ ފަރާތުންނެވެ. 
މިޚިދުމަތާ ގުޅޭ ގިނަ މައުލޫމާތުތަކެއް މި ހަތަރު ރަށުގެ ރައްޔިތުންނަށްވަނީ ދީފައެވެ. އެގޮތުން މައުލޫމާތުދީފައިވަނީ ދަތުރުތައް ރާވާފައި އޮންނާނެ ގޮތާއި، ދަތުރު ކުރާނެ ރޫޓުގެ އިތުރަށް މިޚިދުމަތުން ރައްޔިތުންނަށް ކުރާނެ ފައިދާތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން މިޚިދުމަތް ހޯދުމަށް ޓިކެޓް ނަގާނެގޮތާއި އަގުތައް ކަނޑައަޅާނެ ގޮތާބެހޭގޮތުންވެސް މައުލޫމާތު ދީފައިވާކަމަށެވެ. 
ކުރެންދޫގައި ބޭއްވި މައުލޫމާތުދިނުމުގެ މިބައްދަލުވުންތަކުގައި މިޚިދުމަތާ ގުޅޭގޮތުން ރައްޔިތުން އޮޅުންފިލުވަން ބޭނުންވި އެތައް މައުލޫމާތެއް ދީފައިވާކަމަށް ކައުންސިލްތަކުން ވިދާޅުވެއެވެ. މިބައްދަލުވުންތައް މިހަފްތާގައިވަނީ ނިންމާލާފައެވެ. 
މިޚިދުމަތް މިހާރު ދެމުންއަންނަނީ ހއ ހދ ށ މިތިން އަތޮޅުގައެވެ.