ތިމާވެށި

އައްޑޫ ސިޓީގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


" ސާފު ރާއްޖެ "  ކެމްޕެއިންގެ ދަށުން އައްޑޫސިޓީގެ ބައެއް ސަރަޙައްދުތައް ސާފު ކުރުމުގެ ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ.މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ "ކޯއްޓޭ" ސަރަޙައްދާއި، "އީދިގަލި ކިޅި" ސަރަޙައްދު ވަނީ ސާފުކޮށްފައެވެ. މީގެ އިތުރުން އީދިގަލި ކިޅި ސަރަޙައްދު ގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުގައި ވަނީ ކުނި ޖަމާކުރާ ފަސް ސަރަޙައްދެއް ކަނޑައަޅާ ޑަސްބިންވެސް ބަހައްޓާފައެވެ.ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، އީޕީއޭ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން އެ އަތޮޅު ސަރުކާރު އޮފީސްތަކާއި، ސްކޫލްތަކާއި، އެކި އެކި ޖަމްއިއްޔާތަކުން 400 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިފެފައިވެއެވެ."ސާފު ރާއްޖެ"  ކެމްޕެއިންގެ ދަށުން އިއްޔެ ވަނީ ފުވައްމުލަކުގައިވެސް ބައެއް ސަރަޙައްދުތައް ސާފުކޮށްފައެވެ.