ތ. ހިރިލަންދޫ ސްކޫލްގައި 3 ފަންގިފިލާގެ ޢިމާރާތްތެއް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ޓިކް ޓެކް އިންވެސްޓްމެންޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އޮފް ފައިނޭންސް އިސްމާއީލް ޒަޙްރާން ޒުބައިރެވެ.
ތ.ހިރިލަންދޫ ސްކޫލުގެ 03 ބުރީގެ އިމާރާތް، 8 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން. (1/2) pic.twitter.com/G4qVeNV9AJ
— Ministry of Education (@MoEdumv) October 13, 2022
2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގެ ޕީއެސްއައިޕީން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހިރިލަންދޫ ސްކޫލުގައި 3 ފަންގިފިލާގެ ޢިމާރާތަކާއި، 8 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލްއެއް އެޅުމަށް އެ ކުންފުންޏާ ވަނީ ޙަވާލުކޮށްފައެވެ.
މި މަސައްކަތް ކުރުމަށް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 34 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.