ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވައެވެ. މިއީ އެމަނިކުފާނު މިއަހަރު ސިންގަޕޫރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ތައިރޮއިޑްގެ ސާޖަރީއެއް ސިންގަޕޫރުން ކުރައްވާފައެވެ.