ޚަބަރު

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ މީހަކު ހައްޔަރުކޮށްފި


މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. ހެންވޭރު ތުއްރަވާސް ގޯޅިންނެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއްކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވެއެވެ. އެކަމަކު އޭނާ އަތުން ފެނުނީ ކިހާ މަސްތުވާތަކެއްޗެއް ކަމެއް ހާމައެއް ނުކުރެއެވެ. އަދި އެމީހާއާ ގުޅުން ހުރި އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.