ވިޔަފާރި

ދިރާގުން އޮންލައިން ލައިވްޗެޓްގެ ޚިދުމަތް ތައާރަފްކޮށްފި


ދިރާގުން ރާއްޖޭގައި ފުރަތަމަ ފަހަރަށް 24 ގަޑިއިރުގެ އޮންލައިން ލައިވްޗެޓްގެ ޚިދުމަތް ތަޢާރަފްކޮށް ކަސްޓަމަރުންނަށް ވަގުތުން ދިރާގު ކަސްޓަމަރ ސާރވިސް އެޖެންޓުންނާއި މުޢާމަލާތު ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.ދިރާގުން ބުނާގޮތުގައި މި ޚިދުމަތަކީ މިހާރު ދިރާގުން ދެމުންގެންދާ 123 ގެ ޚިދުމަތް ޒަމާނީ ގޮތަކަށް ފަރުމާކޮށް، ދިރާގުގެ މުވައްޒަފަކާ އޮންލައިންކޮށް 'ޗެޓް' ކޮށްގެން ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތަކެއް ނުވަތަ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދިރާގު ވެބްސައިޓު މެދުވެރިކޮށް ތަޢާރަފުކޮށްފައިވާ ޚިދުމަތެކެވެ.މި ޙިދުމަތް ބޭނުންކުރުމަށް ދިރާގުގެ ވެބްސައިޓުގެ ހޯމް ޕޭޖުގެ މަތީގައިވާ 'ލައިވް ޗެޓް' އަށް ކްލިކް-ކޮށްލުމަށްފަހު ފަހު ނަމާއި އީމެއިލް އެޑްރެސް ޖެއްސެވުމުން، އެ ވަގުތު ޑިއުޓީގައި އިންނަ ކަސްޓަމަރ ސަރވިސް ރެޕްރެޒެންޓޭޓިވެއް ޖަވާބުދޭނެ ކަމަށާއި އެ މުވައްޒަފަކާއި ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުންވެސް މުޢާމަލާތުކޮށްގެން އެ ކަސްޓަމަރަކު ބޭނުންވާ މަޢުލޫމާތެއް ލިބޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.