ދުނިޔެ

ޗައިނާގައި ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރުވެރިކަމެއް ނެތް


ޗައިނާގައި ޒިކާ ވައިރަސް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު ނެތްކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއްޖެއެވެ.ޗައިނާގެ ޒުވާނަކަށް ޒިކާ ވައިރަސް ޖެހުނުކަން ހާމަވުމާ ގުޅިގެން އެގައުމުގެ "ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް އޮތޯރޮޓީ" ގެ ތަޖްރިބާކާރުން އެޙާލަތު ދިރާސާ ކުރެއްވުމަށްފަހު ވިދާޅުވީ ޒިކާވައިރަސް ޖެހުނު ޒުވާނާގެ ހާލަތު ރަނގަނޅުވަމުން އަންނަ ކަމަށެވެ. އަދި އެޒުވާނާގެ ފުރާނައަށް ނުރައްކަލެއް ނެތްކަމަށާ އޭނާގެ ކިބައިން އެހެންމީހުންނަށް ޒިކާވައިރަސް ޖެހިދާނެކަމުގެ ކަންބޮޑުވުންވެސް ނެތްކަމަށް ޗައިނާގެ ސިއްޙަތާބެހޭ މާހިރުން ވިދާޅުވިއެވެ.ނަމަވެސް ޗައިނާގެ ހެލްތް އެންޑް ޑިޒީސް ކޮންޓްރޯލް އޮތޯރިޓީން ބުނީ ޒިކާވައިރަސްއާ ދެކޮޅަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޤައުމުން އަޅަމުން ގެންދާނެ ކަމަށެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ މިވައިރަސް މާބަނޑު މީހުންނަށް ޖެހުމުން އެމީހުން ވިހާ ދަރިންގެ ސިކުނޑީގެ ޓީޝޫތައް ހަލާކުވެ ބޮލުގެ ނާޝިގަނޑު އައިބުވާކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ.