ވިޔަފާރި

ޗައިނާގެ ފޫޒޯ ސިޓީއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފި


ރާއްޖޭގެ
ގައުމީ އެއަރލައިން މޯލްޑިވިއަނުން، ޗައިނާގެ ފޫޒޯ
ސިޓީއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.



އެގޮތުން
ޗައިނާގެ ފޫޒޯއިން ފުރައިގެން ރާއްޖެއައި މޯލްޑިވިއަންގެ ފްލައިޓް އިބްރާހިމް
ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 6.05 ގައެވެ. މިއީ
ޗައިނާއަށް މޯލްޑިވިއަނުން ސީދާ ދަތުރުތައް ފަށާފައިވާ 6 ވަނަ މަންޒިލެވެ.



ފޫޒޯއަށް
މޯލްޑިވިއަންގެ ދަތުރުތައް ފެށުމުގެ މުނާސަބަތުގައި، އައިލެންޑް އޭވިއޭޝަން، މޯލްޑިވްސް
މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ އިސް
ބޭބޭފުޅުންނާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ
ފޫކާންގ ވަނީ އެ ސިޓީއިން އައި މޯލްޑިވިއަންގެ ފްލައިޓްގެ ފަތުރުވެރިންނަށް
މަރުހަބާ ކިޔާފައެވެ.



މިއަދު
މި ފެށި ދަތުރުތަކާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން އައިލެންޑް
އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބުދުލް ހާރިސް ވިދާޅުވީ ޗައިނާގެ އިތުރު
ސިޓީއަކަށް މޯލްޑިއަންގެ ދަތުރުތައް ފެށުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމަށް
ބޮޑެތި ކުރިއެރުންތަކެއް ލިބި ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ
ކަމަށެވެ.



މޯލްޑިވިއަނުން
ޗައިނާގެ ފޫޒޯއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދުވަހުއެވެ. މިދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 150 މީހުންގެ ޖާގައިގެ ބޯޓަކާއި، 180 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށް އައިލެންޑް
އޭވިއޭޝަނުން މަޢުލޫމާތުދެއްވައެވެ.