ދުނިޔެ

ސްރީލަންކާގެ މައްސަލަ ބަލާ ފަނޑިޔާރުން މުސްތަޤިއްލު ވާންެޖެހޭ- އދ


ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބެލެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހްގީގް ކުރާ ފަނޑިޔާރުންނަކީ ވަކިކޮޅަކަށް ނުޖެހޭ މުސްތަގިއްލު ފަނޑިޔާރުންނަށް ވާންޖެހޭނެ ކަމަށް އދ.ން ބުނެފިއެވެ. އިންސާނީ ހައްގުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރު ޒައިދު ރައްދުލް ހުސައިން، ސްރީލަންކާ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވަމުން ދެއްވި ބަޔާނެއްގައި ވިދާޅުވީ މިތަހުޤީޤްތައްކުރުމުގައި ބައިނަލްއަގްވާމީ ފަނޑިޔާރުން ބައިވެރި ކުރުމަށް އދ. އިން ސްރީލަންކާ ސަރުކާރަށް މަޖްބޫރު ނުކުރާނެކަމަށާ ނަމަވެސް އިންސާފުވެރި ފަނޑިޔާރުން މިކަމުގައި ބޭނުން ކުރުމަށް ބާރު އަޅާނެކަމަށެވެ. ދެހާސް ނުވަނަ ވަނައަހަރު ނިމުނު ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގާ ސްރީލަންކާގެ ސިފައިން އެގައުމުގެ ތަމަޅަ ދަރިކޮޅުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް އދ. އިން ކުރާ ތުހުމުތައް ބަލައި ތަހުޤީގް ކުރުމަށް ސްރީލަންކާގެ މިހާރުގެ ސަރުކާރުވަނީ އެއްބަސްވެފައެވެ. އިންސާނީ ހައްގުތަކާބެހޭ އދ.ގެ ހައިކޮމިޝަނަރު ޒައިދު ރައްދުލްހުސައިން، ސްރީލަންކާ އަށް ވަޑައިގެންނެވީ މިތަހްގީގްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް ކަމަށް ޚަބަރު ލިބެއެވެ.