ދުނިޔެ

ބިންހެލުމުގެ ސަބަބުން ޓައިވާންގައި މަރުވި މީހުންގެ އަދަދު 43 ށް


ތައިވާނަށް މިދިޔަ ހޮނިހިރުދުވަހު އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 43 ށް އަރައިފިއެވެ.މިބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. އެގޮތުން 16 ބުރީގެ އިމާރާތެއްގެ ދަށުގައި 100 އަށް ވުރެ ގިނަ މީހުން އަދިވެސް ތާށިވެފައި ތިބި ކަމަށް ބެލެވޭކަމަށް ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. ރެކްޓަރ މިންގަނޑުން 6.4 ގައި ރެކޯޑް ކުރެވުނު މި ބިންހެލުމާ ގުޅިގެން 4 ޢިމާރާތެއް ވެއްޓިފައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި ޓައިވާނަކީ ގިނަ ބިންހެލުންތައް އަންނަ ސަރަޙައްދެއްގައި އޮންނަ ތަނެކެވެ. 1999 ވަނަ އަހަރު ޓައިވާނަށް އައި ބިންހެލުމެއްގައި 2300 މީހުން މަރުވެފައިިވެއެވެ.