ތިމާވެށި

އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ގާކުނޑި އުކާލުމަށް ފީއެއް ނަގަނީ


އިމާރާތް ކުރުމުގެ ތެރޭގައި އުފެދޭ ގާކުނޑި އުކާލުމަށް ފީއެއް ނެގުމަށް ހަމަޖައްސައިފިއެވެ.ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި މި ފީ ނަގަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުއާދު ޕީއެސް އެމްއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ޢިމާރާތްކުރުމުގައި އުފެދޭ ކުނީގެ ކޮންމެ ޓަނަކަށް 200 ރުފިޔާ ނެގުމަށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ. އަދި މި ފީ ނެގުމަށް ހަމަޖެހިފައިވަނީ، ކުނި ގެންނަ ވެހިކަލްތަކުގެ ކެޕޭސިޓީއަށް ބަލައިގެންކަމަށްވެސް ފުއާދު ވިދާޅުވިއެވެ. " އަޅުގަނޑުމެން މިނަގަނީ ކޮންމެ ޓަނަކަށް އިނގޭތޯ ކޮންސްޓްރަކްޝަން އިމާރާތް ކުރުމުން ނުކުންނަ ކުނީގެ ކޮންމެ ޓަނަކަށް 200 ރުފިޔާ. ޕިކަޕްގެ ކެޕޭސިޓީ ބަލާފައި މި އަދަދު މަލްޓިޕްލައިވާނީ. 3 ޓަނުގެ ޕިކަޕަކަށް 600 ރުފިޔާ ނަގާނެ" އިބްރާހިމް ފުއާދު ވިދާޅުވިއެވެ.އެމްޕީއެލް ސަރަޙައްދުގައި ހުރި ބާޖުތަކަށް ގެންދަނީވެސް ކުނި ނުވާ ޒާތުގެ ކުންޏެވެ. ލޭންޑިނގް ކްރާފްޓްގައި ތިލަފުއްޓަށް ގެންދާ ކުންނިތަކަށް ބަލާއިރު އެންމެ ގިނައިން ގެންދަނީ، ބަރު ނުވަތަ ލޯޑް ހިފާ ކުނީގެ ގޮތުގައި ބެލެވިފައިވާ ކުންޏެވެ.