ވިޔަފާރި

"އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ" ލިސްޓުގައި ރާއްޖެ


ޓްރެވަލް ޕްލަސް ލެޝަރ މެގަޒިންއިން އެކުލަވާލި" ޗުއްޓީ ހޭދުކުރުމަށްދާނެ އެއްމެ މަތީ ފަންތީގެ ރިސޯޓުތަކުގެ" ލިސްޓުގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވެލާ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ޓްރެވަލް އެޑްވައިޒަރުންގެ ލަފާ ހޯދުމަށްފަހު ތައްޔާރުކޮށްފައިވާ މި ލިސްޓްގައި ޖުމްލަ 21 މަންޒިލެއް ހިމެނެއެވެ. މީގެ ތެރޭގައި ޖަންގަލިތަކުގެ ތެރޭގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކާއި، ސްނޯރ ފައިބާ ސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކުގެ އިތުރުން ހަނަފަސް ސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ރިސޯޓްތައް ފަދަ ތަފާތު މަންޒިލްތައް ހިމެނެއެވެ. ޓްރެވަލް ޕްލަސް ލެޝަރ މެގަޒިން އިން، ވެލާ ޕްރައިވެޓް އައިލެންޑާއި ގުޅޭގޮތުން މަޝްހޫރު ޓްރެވަލް އެޑްވައިޒަރުން ކޮށްފައިވާ ކޮމެންޓްތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ލަގްޒަރީ ޓްރެވަލް ކޮންސަލްޓިންގ ފަރމެއް ކަމަށްވާ 'ޓްރެވަލް އާރޓިސްޓްރީ' އިން ވެލާ ޕްރައިވެޓް އައިލެންޑްގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކަށް ތައުރީފުކޮށްފައިވެއެވެ.

ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ 'ވެލާ ޕްރައިވެޓް އައިލެންޑް'ގައި 43 ވިލާ ހިމެނޭއިރު މިތަނުން 18 ވިލާ އަކީ ރަށާއި އެކަހެރިކޮށް މޫދުގައި ހަދާފައިވާ ވިލާތަކެކެވެ. މި ރިސޯޓުގެ އެންމެ މަތީ ފެންވަރުގެ ވިލާ އެއްގެ އަގު އުޅެނީ ރެޔަކަށް 30,000 ޑޮލަރުގައެވެ.