ޚަބަރު

ހިޔާ ސަރަޙައްދުގައި ޕާކް ތަރައްޤީކުރުމަށް އާރްޑީސީއަށް


ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމާއި ފޭސް 1 ގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.

ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާ، އެލެވޭޓެޑް ޕާތްވޭ އަދި ޕްލާޒާ ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބީޗް ބުލެވާޑްގެ މަސައްކަތުގެ ތެރޭގައި ޕާތްވޭސް، ރޭމްޕް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރުދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމުގެ ގޮތުން އެޗްޑީސީން އަންނަނީ އާންމުންގެ ހިޔާލު ހޯދައި އާންމުން އެންމެ ބޭނުންވާގޮތަށް އެކި ތަންތަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެޗްޑީސީން މީގެކުރިން ވަނީ ހުޅުމާލެ ފޭސް 1 ގައި އެކި ސަރަހައްދުތަކުގައި އާއްމުން ހިތްހަމަޖައްސާލައިގެން ތިބެވޭނެ ގޮތަށް ޕާކްތައް ތަރައްޤީކޮށްފައެވެ. އަދި މިހާރު މީހުން އާބާދުވާން ފަށާފައިވާ ފޭސް 2ގެ ބީޗް ސަރަޙައްދުގައި އިށީނދެލައިގެން ތިބެވޭނެގޮތަށް ބެންޗްތަކެއް ވަނީ އެޗްޑީސީން ބަހައްޓާފައެވެ.