ވޭލް ސަބުމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ވިލިމާލެއާއި ދިމާލުން ބާރު އަޑެއް ގޮވިކަމަށް މާފަންނު ފުލުހުން އަދި އައިޖީއެމްއެޗް ޑިއުޓީގައި ހަރަކާތްތެރިވާ ފުލުހުން މިރޭ 21:10 ގައި ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން އިތުރަށް ބެލި ބެލުމުން އެނގުނީ އެދިމާލު ބޭރުގައި އޮތް ސަބުމެރިންގެ 3 ގޭސް ސިލިންޑަރު ގޮވާފައިވާކަން ކަމަށެވެ.
އެހެންކަމުން އެ ސަރަހައްދުގައި ފުލުހުން ހަރަކަތްތެރިވަމުން އަންނަކަމަށާއި، ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ސަބްމެރިންނަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް މިކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.