ޚަބަރު

ސިފައިންގެ އޮފިސަރަކަށް ގުޅުއްވިކަމަށް ނަޝީދު ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ
ހައްޔަރުކުރުމަށް އަމުރެއް ނެރުނުކަމަށް ބުނާ މައްސަލާގައި އެކަމާ ގުޅިގެން
ސިފައިންގެ އިސް އޮފިސަރަކަށް ރައީސް ނަޝީދު ގުޅުއްވިކަމަށް ކުރީގެ ރައީސް  މުޙައްމަދު ނަޝީދު އޮފީހުން ބުނެފިއެވެ.



ރައީސް
ނަޝީދު އެކަމަށް އެއްބަސްވެޑައިގެންފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ހައްޔަރުކުރެއްވުމަށް ސައްޙަ ނޫން ކޯޓު އަމުރެއް ނެރެފައިވާކަމަށް ފުލުހުން މިއަދު
ހާމަކުރައްވާފައިވަނިކޮށެވެ. އެ އަމުރާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ސަލާމަތީ
ބާރުތަކުގެ އޮފިސަރަކާ ގުޅުއްވައި، ރައީސް ޔާމީން ހައްޔަރުކުރުމަށް ބާރުއަޅުއްވައި،
ފޯނުން ވާހަކަދެއްކެވިކަމަށް ފުލުހުން މިއަދު ވިދާޅުވެފައިވެއެވެ.

ކުރީގެ
ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ
ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރުނު ވާހަކައާ ގުޅިގެން ރައީސް ނަޝީދު ސިފައިންގެ
އޮފިސަރަކަށް ފޯނުން ގުޅުއްވިކަމަށެވެ. އަދި އެވާހަކަ އަޑު އިވިވަޑައިގެންނެވިތޯ
އައްސަވައި، ކަންކަން ރަގަޅަށް ކުރެއްވުމަށް ނަޝީދު ވިދާޅުވިކަމަށް މި
ބަޔާނުގައިވެއެވެ.