ޚަބަރު

އެސްއޯއެފްއާ ދެކޮޅަށް ޕީޕީއެމްއިން ދަޢުވާކުރަން ނިންމައިފި


އެމް.އެމް.ޕީ.އާރުސީގެ ތެރެއިން ކުރެވިފައިވާ ޚިޔާނާތުގެ މުޢާމަލާތްތަކުން ގިނަ އަދެދެއްގެ ފައިސާ ޖަމާކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ، އެސް.އޯ.އެފް ކުންފުނިން ޕީ.ޕީ.އެމް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާތީ، އެފަރާތާ ދެކޮޅަށް ދަޢުވާކުރާނެކަމަށް ވެރިކަންކުރާ ޕީ.ޕީ.އެމުން ބުނެފިއެވެ. އެސް.އޯއެފް ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ރައީސާއި، ޕީ.ޕީ.އެމަށް އެފައިސާ ޙަވާލުކޮށްފައިވާކަމަށް ބުނެފައިވާތީ އެކަން ދޮގުކުރައްވަމުން ޕީ.ޕީ.އެމްގެ ނައިބުރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ދައުލަތުން ދެއްވާ ފައިސާއާއި، ހެޔޮއެދޭ ބައެއް ފަރާތްތަކުން ދޭ އެހީ ނޫންގޮތަކަށް ޕީ.ޕީ.އެމްއަށް އެއްވެސް ފައިސާއެއް ލިބިފައި ނުހުންނާނެކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ ޢަމަލެއްގައި މިއަދުގެ ރައީސުލްޖުމުހޫރީއްޔާވެސް ބައިވެރިވެވަޑައިނުގަންނަވާނެ ކަން ޔަޤީންކުރައްވާ ކަމަށާއި، އެފަދަ ވާހަކަތައް ފަތުރަނީ، ޕީ.ޕީ.އެމް އާއި ސަރުކާރަށް ލިބެމުންދާ ކާމިޔާބީތަކަށް ޙަސަދަވެރިވެގެން ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށްކަމަށެވެ.