ޚަބަރު

ފުލުހުން ހޯރަފުށީ ފަޅުތެރެ ސާފުކޮށްފި


ހއ. ހޯރަފުށީގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ޑިމޮކްރަސީ ހަފްތާއަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯރަފުށީ ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ހޯރަފުށީގައި މަސައްކަތްކުރާ ފުލުހުން ކުރިއަށްގެންދަވައިފިއެވެ. މި މަސައްކަތުގައި ފުލުހުންގެ އިތުރުން ހޯރަފުށީ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ބައިވެރިވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި މައްސަކަތުގައި ފަޅުތެރެއަށް އެޅިފައިވާ ގިނަ ޢަދަދެއްގެ ކުނިތައް ނަގައި ފަޅު އެއްކޮށްހެން ސާފުކޮށްފައިވާކަމަށާއި، އަދި ކުނީގެ ގޮތުގައި ނެގިފައިވާ ތަކެތި ރައްކާތެރިގޮތުގައި ނައްތާލާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިއަހަރު ޑިމޮކްރަސީ ހަފްތާ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ މަހުގެ 14 ން 20 އަށް ހޯރަފުށީގައެވެ.