ޚަބަރު

ވަގަށް ނަގާފައިވާ ފައިސާތަކަކާއެކު މީހަކު ހައްޔަރުކޮށްފި


ހުޅުމާލޭގެ ރޯ ހައުސް އަކުން ވަގަށް ނަގާފައިވާ ފައިސާތަކެއް ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި.މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ އިއްޔެގެ ވަގުތެއްގައި 15000 ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާކަމަށްބުނެ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެދުވަހުގެ ވަގުތެއްގައި ހުޅުމާލޭގެ ރޯ ހައުސްއެއްގެ ކައިރިންކަމަށެވެ. ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 3800 ރުފިޔާއަށް ގިނަ ފައިސާ ފެނިފައިވާއިރު މި ފައިސާތައް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސްގެ ޖީބުގެތެރެއިންނެވެ. ފުލުހުން ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއްކަމަށާއި، މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.