ޚަބަރު

ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް، ޔޫސުފް ސިރާޖް


ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޔޫސުފް ސިރާޖު އައްޔަންކުރައްވައިފިއެވެ.

ވެމްކޯއަށް މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޔޫސުފް ސިރާޖް އައްޔަށް ކުރައްވާފައި މިވަނީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ބޭފުޅަކު ނެތްތާ 4 މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ފަހުއެވެ. މިއަހަރުގެ މަރޗް 14ވަނަ ދުވަހުން ފެށިގެން، މިހާތަނަށް އެ މަޤާމު އެއްވެސް ބޭފުޅަކު ފުރުއްވާފައެއް ނުވެއެވެ. އެ މުއްދަތުގައި ވެމްކޯގެ ހިންގުމާއި މަސައްކަތްތައް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއްވެސް އަދާކުރައްވާފައިވަނީ މޫސާ ސިރާޖްއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމު އެއްމެ ފަހުން ފުރުއްވާފައިވަނީ ޢާދަމް މުޙައްމަދުއެވެ. އޭނާ އެ މަޤާމުން ވަކިކޮށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ވަނީ ބަދަލުކުރައްވާފައެވެ.

ވެމްކޯ އުފައްދަވާފައިވަނީ 2017ވަނަ އަހަރު، މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ ކަންކަން ބެލެހެއްޓުމަށެވެ. މިހާރު ވެމްކޯއިން އަންނަނީ، މާލޭގެ އިތުރުން އަތޮޅުތަކުގެ ބައެއް ސަރަޙައްދުތަކުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަމުންނެވެ.