ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ސާފް ގޭމްސް ރަސްމީކޮށް ފަށައިފި


ކުލަގަދަ ރަސްމިއްޔާތަކާއިއެކު 12ވަނަ ސައުތް އޭޝިއަން ގޭމްސް ރަސްމީކޮށްފަށައިފިއެވެ.އިއްޔެ ގުވަހާތީގައި އޮތް ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ސާކް ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ފައްޓަވައިދެއްވީ އިންޑީޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. ސައުތް އޭޝިއަން ގޭމްސްގައި މިއަހަރު ބައިވެރިވި އަށް ގައުމުގެ އެތްލީޓުން ދައްކާލުމުގެ އިތުރުން މުބާރާތުގެ ދަންމަރު ގުވަހާތީގައި ރޯކުރުންވެސް މި ރަސްމިއްޔާތުގައި އޮތެވެ. މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގެ ދަންމަރު ގުވަހާތީގައި ރޯކުރުމުގެ ޝަރަފް ލިބިގަތީ އިންޑިޔާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބައިޗުން ބުޓިއާއެވެ. ރޭ އިންޑިޔާގެ ގުވަހާތީގައި އޮތް ރަސްމިއްޔާތުގައި އައްސާމްގެ ސިފައިންގެ އެކި އެކި ހަރަކާތްތަކާއިއެކު މުބާރާތުގެ ތީމް ލަވަ ލޯންޗް ކުރުންވެސް އޮތެވެ. އަދި މީގެ އިތުރުން އިންޑިޔާގެ އެކި އެކި ސަގާފަތް ރަމްޒުކޮށްދޭ ހަރަކާތްތަކުގެ އިތުރުން ލޭޒަރ ލައިޓްސްގެ ހުނަރުތައްވެސް މި ރަސްމިއްޔާތުގައިވަނީ ފެނިގެންގޮސްފައެވެ. 8 ގައުމަކުން ޖުމްލަ 2500 އަށްވުރެ ގިނަ އެތުލީޓުން ސައުތް އޭޝިއަން ގޭމްސް އެންމެ ފަހުން ބާއްވާފައިވަނީ 2010 ވަނަ އަހަރުގައެވެ.