ކުޅިވަރު

ލިޔޯން ދޫކޮށް ޕަކުއޭޓާ ވެސްޓް ހޭމަށް


ފްރެންޗް ލީގުގެ ލިޔޯނަށަ ކުޅެމުން އައި ބްރެޒިލުގެ ލޫކަސް ޕަކުއޭޓާ، އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި ޕަކުއޭޓާ ވެސްޓް ހޭމްއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ.

ކުރިއަށް އޮތް ވާރލްޑް ކަޕްގައި ބްރެޒިލް ޓީމްގައި ހިމެނޭނެކަމަށް ބެލެވިފައިވާ ޕަކުއޭޓާ ސޮއިކުރުމަށް 36.5 މިލިއަން ޕައުންޑް ހޭދަވެފައިވީ ނަމަވެސް އިތުރު ބައިތަކާއެކު މިއެއްބަސްވުމުގެ އަގު 50 މިލިއަން ޕައުންޑަށް އެރުން ގާތްކަމަށް ވަނީ ހަބަރު ލިބިފައެވެ. އަދި އެހެން ވެއްޖެ ނަމަ މިވެގެންދާނީ އެކްލަބްގެ ރިކޯޑަކަށެވެ. މީގެކުރިން އެންމެ އަގުބޮޑުކޮށް ވެސްތް ހޭމްއަށް ކުޅުންތެރިޔަކު ގެންގޮސްފައިވަނީ 2019 ވަނަ އަހަރު ސެބަސްޓިއަން ހާލަރއެވެ. އެއީ 45 މިލިއަން ޕައުންޑެވެ.

ޕަކުއޭޓާ ލިޔޯންއަށް ސޮއިކޮށްފައިވަނީ 2020 ވަނަ އަހަރު އިޓާލިއަން ސެރީއާގެ އޭސީ މިލާނުންނެވެ. ޕަކުއޭޓާ ހަމަކުރިގޮތުގައި މިއީ ހިތްހަމަ ޖެހޭ ދުވަސްތަކެއްގެ ފެށުމަށް ވެގެންދާނެކަމަށް އުންމީދު ކުރާ ކަމަށެވެ. ވެސްޓެ ހޭމްގެ ކޯޗް ޑެވިދް މޮއެސް ހާމަކުރިގޮތުގައި އާކުޅުންތެރިން ޓީމަށް ހޭނުމަށްޓަކައި ވަގުތު ބޭނުންވާނެކަމަށާއި ނަމަވެސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިއަކު އޭނާގެ ޓީމަށް އައުމުން ހިތްހަމަ ޖެހޭ ކަމަށެވެ. ޕަކުއޭޓާވަނީ ލީގް އަންގައި ކުޅުނު 35 މެޗްގައި 9 ލަނޑު ޖަހަދީފައެވެ.