ދުނިޔެ

ޖަރުމަނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުގައި 4 މީހަކު ހޯދަނީ !


ޖަރުމަނުވިލާތަށް ޙަމަލާދިނުމަށް ރާވަމުންދާ ކަމަށް ޝައްކުކުރެވޭ ހަތަރު މީހަކު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަން އެޤައުމުން ހާމަކޮށްފިއެވެ. ޖަރުމަނުވިލާތުގެ ފުލުހުންބުނީ މި ހަތަރު މީހުންނަކީ އައިއެސް ޖަމާޢަތާ ގުޅުންހުރި ބައެއްކަމަށް ބެލެވޭކަމަށާ މީގެތެރޭގައި އައިއެސްގެ މަސްއޫލުވެރިއެއްގެ ގޮތުގައި ޙަރަކާތްތެރިވާ އަލްޖަޒާއިރުގެ ރައްޔިތަކުވެސް ހިމެނޭކަމަށެވެ. މި ބައިމީހުން ހޯދުމަށްޓަކައި ޖަރުމަނުގެ ފުލުހުން ބާލިންއާއި އެޤައުމުގެ އުތުރުގެ ބައެއް ސަރަޙައްދުތަކުގެ ޢިމާރާތްތަކާއި އެޕާޓްމަންޓްތައް ބަލައި ޗެކްކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން މިބައިމީހުން ހޯދުމަށް ޖަރުމަނުވިލާތުގެ ފުލުހުން ޙަރަކާތްތެރިވަމުން ދަނީ ލިބިފައިވާ ޖާސޫސީ މަޢުލޫމާތުގެ އަލީގައެވެ.