ޚަބަރު

ހުޅުމާލެ ފެރީއެއް ތޮށިގަނޑުގައި ޖެހި ބަޔަކަށް އަނިޔާވެއްޖެ


ހުޅުމާލެއާ މާލެއާ ދެމެދު ދަތުރުކުރާ ފެރީއެއް ހުޅުމާލެއަށް ކައިރިކުރަނިކޮށް ތޮށިގަނޑުގައި ޖެހި ހިނގި އެކްސިޑެންޓެެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ. މިރޭ އަށެއްޖަހާ އެހާކަންހާއިރު މިހާދިސާ ހިނގަން މެދުވެރިވީ، ފެރީ ހުޅުމާލެއަށް ކައިރިކުރި ވަގުތު ފެރީގެ އިންޖީނު ހުއްޓިގެން، ފެރީ ކޮންޓްރޯލް ނުވެގެންގޮސް ތޮށިގަނޑުގައި ޖެހިގެންކަަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިހާދިސާގައި ފެރީން ދަތުރުކުރި ހައެއްކަ މީހުންނަށް ކުދިކުދި އަނިޔާ ލިިބިފައިވާކަމަށާއި، އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާދީފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ. އަދި މިއެކްސިޑެންޓްގައި 19 އަހަރުގެ އަންހެނެއްގެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. މިއެކްސިޑެންޓްގައި ފެރީއަށް މާބޮޑު ގެއްލުމެއް ނުވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.