ކުޅިވަރު

ސްޕެޒިއާ އަތުން އިންޓައަށް ފަސޭހަ މޮޅެއް


އިޓާލިއަން ލީގުގައި ސްޕެޒިއާއާ ދެކޮޅަށް ކުޅުނު މެޗު އިންޓަ މިލާނުން ކާމިޔާބުކޮށްފިއެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 35 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާ އިންޓަރއަށް ލީޑު ނަގާދިނީ ލައުޓާރޯ މާޓިނޭޒްއެވެ.

އަދި ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް ލުކާލޫ ފޮނުވާލި ހަމަލާއެއްވަނީ ސްޕެޒިއާގެ ގޯލަށްވެސް އަމާޒުވެފައެވެ. މިއީ ޗެލްސީއިން ލޯން އެއްބަސްވުމެއްގެދަށުން އިންޓަރއަށް ބަދަލުވިފަހުން ލުކާކޫ ކުޅުނު ފުރަތަަމަ މެޗެވެ. މިމެޗްގައި އިންޓަރ އިން ޖެހި ދެވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ ހަކާން ޗަލަނޮގްލޫއެވެ. އަދި ފަހު ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ އެޑިން ޖެކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހޯކުއިން ކޮރެއާއެވެ.

މިކާމިޔާބީއާއެކު އިންޓަރއިން މިވަނީ އެޓީމް މިހާތަނަށް ލީގުގައި ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށްފައެވެ. އަދި މިވަގުތު އޮތީ 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ސްޕެޒިއާ އުޅެނީ ދެމެޗުން ލިބިފައިވާ ތިން ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.