ވިޔަފާރި

ކުއޯނީގެ އެންމެ މަޤްބޫލް މަންޒިލަކަށް ރާއްޖެ


ޔޫރަޕްގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރ ކުއޯނީގެ،
ކަސްޓަމަރުންގެ މެދުގައި އެންމެ މަޤުބޫލް މަންޒިލްގެ މަޤާމު ޖެހިޖެހިގެން އެގާރަ
ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.



ކުއޯނީން އިގިރޭސިވިލާތުގެ ކަސްޓަމަރުންނަށް
އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އެޤައުމުގެ ފަތުރުވެރިންގެ
މެދުގައި ދެވަނައަށް އެންމެ މަޤްބޫލް މަންޒިލަކީ ތައިލޭންޑް އަދި ތިންވަނަ އަށް
ހޮވިފައިވަނީ މޮރިޝަސްއެވެ. 



މި ރިޕޯޓްގައިވާ ގޮތުން އެ ކުންފުނީގެ
ކަސްޓަމަރުންގެ މެދުގައި ރާއްޖެއަށް އޮންނަ މަޤްބޫލްކަން އަންނަނީ އަހަރަކަށް
ވުރެ އަހަރެއް އިތުރުވަމުންނެވެ. 



އިގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ
ގިނައިން ފަތުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޓޫރިޒަމް
މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުން 926775 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް
ޒިޔާރަތްކުރި ފަތުރުވެރިންގެ ހަތެއް ޕޮއިންޓް ފަހެއް އިންސައްތައަކީ އެޤައުމުގެ ފަތުރުވެރިންނެވެ.