ޚަބަރު

ކުޑަ އަންހެން ކުއްޖަކާ ބެހިގެން ބިދޭސީއަކު ހައްޔަރުކޮށްފި


ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތަހުމަތުގައި ބިދޭސީއަކު ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ހުށަހެޅުނު މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.