ޚަބަރު

ލޯޑަރު ދުއްވި ޑްރައިވަރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި


ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ، ކުޑަކުއްޖަކު މަރުވި މައްސަލާގައި ތަޙުޤީޤަށް ހައްޔަރުކުރެއްވި ޑްރައިވަރުގެ ބަންދަށް 7 ދުވަސް ކޯޓުން ކަނޑައަޅުއްވައިފިއެވެ.އިއްޔެ މެންދުރުގެ ވަގުތެއްގައި ހިނގި މިޙާދިސާގައި ލޯޑަރު ދަށުވެ މަރުވެފައިވަނީ އުމުރުން 10 އަހަރުގެ އަމާނަތުﷲއެވެ. ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވީ މިކުއްޖާ ލޯޑަރުގެ ދަށުވީ އޭގެ ދަތްގަޑުގެ ތެރޭގައި އޮއްވާ އުޅަނދު ދުއްވާލި ވަގުތު އޭގެތެރެއިން ކުއްޖާ ވެއްޓި ލޯޑަރު ދަށުވެގެންކަމަށެވެ. މި ކުއްޖާ މަރުވީ ޒަޚަމްތަކަށް އިތުރު ފަރުވާދިނުމަށް ގދ.ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައިކަމަށް ފަރެސްމާތޮޑާ ކައުންސިލުން ވިދާޅުވެއެވެ.