ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 8 ބޭފުޅަކު ކުރިމަތިލައްވައިފި


ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލާފައިވާ ފުރުސަތުގައި 8 ބޭފުޅަކު އެމަޤާމަށް ކުރިމަތިލައްވައިފިއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމެއް ހުސްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓަށް ކުރިމަތިލައްވާފައިވާ ބޭފުޅުން

  • 1. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ.ހިތާދޫ
  • 2. އިބްރާހީމް އިޙްސާން / އެށެވެލި، ސ.މަރަދޫ
  • 3. އާމިނަތު އަޒްލިފާ / ގުލާބީގެ، ރ.ރަސްގެތީމު
  • 4. މުޙައްމަދު ޢާސިރު / ހެޕީކޯނަރ، ގއ.ކަނޑުހުޅުދޫ
  • 5. ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ.ކުރެންދޫ
  • 6. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ.މާޅޮސް
  • 7. އަމްޖަދު އަބްދުލްޣަނީ / ސޯސަންމާގެ، ފ.ބިލެތްދޫ
  • 8. ސިޔާމާ މުޙައްމަދު / ދަފްތަރު ނަންބަރު ރސ 13194 މާލެ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ މުސާރައަކީ އިނާޔަތްތަކާއިއެކު 48300 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 30000 ރުފިޔާއާއި، ލިވިންގ އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާގެ އިތުރުން، ރިސްކް އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 3,300.00 ރުފިޔާއެވެ.