މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ތަހްޤީޤުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފައްޓަވައިފިއެވެ.ފުލުހުން ވިދާޅުވީ ހަފްތާއެއްގެ މުއްދަތަށް ކުރިޔަށްގެންދަވާ މިޕްރޮގްރާމްގައި އޭދަފުށީގައި ހުރި ހުރިހާ މުވައްސަސާއަކުން ބައިވެރިވާކަމަށެވެ.އޭދަފުށީ ފޮލިސް ސްޓޭޝަނުން ވިދާޅުވީ، މިޕްރޮގްރާމަކީ އޭދަފުށީގައި ހުރި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކޮށް ތަހުޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދަވާ ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމްގައި އޭދަފުށީގައި ހުރި ހުރިހާ ސަރުކާރުގެ މުވައްސަސާއަކުން ބައިވެރިވާކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމުގެ އިތުރުން ތަހުޤީޤު ކުރުމުގެ ހުނަރު ދަސްކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.މި ޕްރޮގްރާމުގައި މަޢުލޫމާތުދެއްވަނީ ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ތަޖުރިބާހުރި ބޭފުޅުންނެވެ.